English Edition
Dhivehi Edition
ފުވައްމުލަކުގައި ރެފްރީއަށް ހަމަލާދިނުން

ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗެއް ކުރިއަށް ދަނިކޮށް ކުޅިބަލާ މީހަކު ދަނޑަށް އަރައި ރެފްރީ އަށް ހަމަލާދިން މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުން މާލެގަން ސްޕޯޓްސް ކްލަބާ، ސައުތު ސައިޑް ސްޕޯޓްސް ކްލަބް (މާދަޑު) ޓީމު ކުޅުނު ސެމީ ފައިނަލް މެޗުގައި ގޯލު އޭރިއާގެ ކައިރިން ކުޅުންތެރިއަކަށް އަނިޔާވެގެން މެޗު ހުއްޓާލުމަށްފަހު ރެފްރީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނެއެވެ. އަދި ރެފްރީގެ ފަހަތުން ކުޅި ބަލަންހުރި މީހަކު ދުވެފައި ގޮސް ފުންމައިގެން އަރައި ރެފްރީގެ ބުރަކަށީގައި ކޮޅުފައިން ޖަހާ މަންޒަރު ފެނެއެވެ. މި ހަމަލާއާއި އެކު ރެފްރީ ކަހާލައިގެން ގޮސް އެހެން ކުޅުންތެރިއެއްގެ ގައިގައި ޖެހޭއިރު އެ ކުޅުންތެރިޔާ ބޮލުގައި އަތްއަޅައިގެން އޮންނަ މަންޒަރުވެސް ފެނެއެވެ.

މި ހަމަލާ ދިން ސަބަބު އަދި މިހާތަނަށް ސާފުވެފައިނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން އެރޭ ފަހުން ކުޅުނު މެޗުގައިވެސް ހަމަލާ އަމާޒުވި ރެފްރީވަނީ ރެފްރީކަންކޮށްފައެވެ.

ޓެގު