English Edition
Dhivehi Edition

ކީރިތި ގުރުއާނާ ބެހޭ ދާއިމީ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް، ގުރުއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގުރުއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި ގުރްއާން އުނގެނުމާއި އުނގަންނާ ދިނުމުގެ ދާއިރާއަށް އަދި އަހްލާގާ ސުލޫކަށް އިންގިލާބީ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތް ކަމުގައި ހައްދަވާނެކަމަށެވެ.