English Edition
Dhivehi Edition

ދަމަނަވެށިން އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފިއެވެ.

މިކަމާގުޅޭގޮތުން ނާދީއަށް ކުރި ޒިޔާރަތުގައި ދަމަނަވެށިން މިހާރު ފޯރުކޮށްދޭ ޚިދުމަތްތަކާއި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގުމަށް ގަސްތުކުރާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ސިލްސިލާގޮތެއްގައި އިސްރަށްވެހިންގެ ނާދީގައި، ދޮށީއުމުރުގެ މީހުންގެ ދޮޅަހެޔޮކަމާއި ގުޅުންހުރި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޞިއްޙަތާއި ގުޅުންހުރި ތަފާތު މަޢުލޫމާތު ސެޝަންތައް ނެގުމާއި ހެލްތު ސްކްރީނިން ޕްރޮގްރާމުތައް ވެސް ހިމެނޭ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

އިސްރަށްވެހިންގެ ނާދީއަކީ ދޮށީ އުމުރުގެ މީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު ޕްރޮގްރާމުތައް ރާވާ ހިންގަމުން އަންނަ މަރުކަޒެކެވެ.

މި މަރުކަޒުން އިސްރަށްވެހިންނާއި ގުޅުންހުރި ހަރަކާތްތައް ހިންގަމުންދަނީ ސަރުކާރުގެ އެހެން މުއައްސަސާތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކާއި ގުޅިގެންނެވެ.