English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

ކޮއްޓެއްގައި ބަޔަކު ބަންދުކުރި މައްސަލައެއް ބަލަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދެ މީހަކު ކޮއްޓެއްގެ ތެރޭގައި ތިބި މަންޒަރު ފެންނަ ވީޑިއޯ އެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަނީ ދެ މީހަކު ކޮށްޓެއްގައި ބަންދުކޮށް އެމީހުންނަށް ގޯނާ ކުރާ މަންޒަރެވެ، އެ ގޮތުން ހުސްގަޔާތިބި ދެ މީހަކު ކޮށި ތެރޭގައި ބައިތިއްބާފައި ތިބިއިރު ކޮށި ބޭރުގައި ހުރި މީހަކު ދިޔައީ ހޮޅިއަކުން އެ މީހުން ގަޔަށް ފެން ޖަހަމުންނެވެ.

އެ މީހުން ކޮށީގައި ބަންދުކޮށްފައި ވަނީ ފައިސާ އާ ގުޅޭ މައްސަލައެއްގައި ކަމަށް ބެލެވޭއިރު މިއީ މާލޭގައި ހިނގާފައިވާ ހާދިސާއެއްކަން ވީޑިއޯ އަށް ބަލާލުމުން އެނގިގެން ދެއެވެ. އަދި ކޮށީގައި ބަންދުކޮށްފައި ތިބީ ދިވެހިންކަމެއް ނުވަތަ ބިދޭސީންކަމެއް ސާފުވެފައި ނުވާއިރު، މާލެ ސަރަހައްދުގައި މީހުން ރަހީނުކޮށް މިފަދަ އަމަލުތައް ހިންގުން އަންނަނީ އިތުރުވަމުންނެވެ.

ޓެގު