English Edition
Dhivehi Edition
ނަކަލިކަޮށްފައިވާ ޕާސްޕޯޓުގައި ފުރަން އުޅުނު 3 ބިދޭސީން / ފޮޓޯ: އިމިގްރޭޝަން

ސައްހަ ނޫން ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ނަކަލުކޮށްފައިވާ ވަގު ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 4 ބިދޭސީން ހުއްޓުވާފައިވާކަމަށެވެ. ޖުލައި 3 ވަނަ ދުވަހު ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ.

މި މީހުންނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން އަދި ހާމަކޮށްފައި ނުވާއިރު މިދުވަސްވަރު އިމިގްރޭޝަނުން ގެންދަވަނީ މާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން ބޮޑު އޮޕަރޭޝަނެއް ހިންގަމުންވެނެ.

އެ އޮޕަރޭޝަންގެ ތެރެއިން މީގެ ކުރިން މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގެންފައިވެ އެވެ. އަދި ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް މިިދިޔަ ހޯމަ ދުވަހުގެ ރޭ ހޯދައި، ވަނީ ހިފަހައްޓައިފަ އެވެ. އިމިގްރޭޝަނުން މި ފަހުން ފެށި އޮޕަރޭޝަނުން އެކަނި މިހާތަނަށް 70 ބިދޭސީން ވަނީ އަތުލައިގެންފަ އެވެ.