English Edition
Dhivehi Edition

ރާއްޖެ ޓީވީއިން ކުރިއަށް ގެންދިޔަ ‘އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަަތަކަށް’ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހޮވިވަޑައިގެންފިއެވެ.

ރާއްޖެ ޓީވީ އިން ޓްވިޓަރގައި ބުރާސްފަތި ދުވަހު ހަވީރު 5:00 އިން ފެށިގެން 24 ގަޑިއިރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕޯލް އަށް 5063 މީހުން ވޯޓު ލާފައިވެއެވެ.ނަޝީދަށް މި ޕޯލްގައި 72 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާއިރު މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ލިބިވަޑައިގެންފައިވަނީ 22 އިންސައްތަ ވޯޓެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް 4 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ލިބިވަޑައިގެންނެވީ 2 އިންސައްތަ ވޯޓެވެ.

މި ޕޯލްއިން ރައީސް ނަޝީދު ކުރިހޯއްދެވުމާއި ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިފަދަ ކޮންމެ ޕޯލްއަކުން ވިޔަސް ރައީސް އަބްދުﷲ ޔާމީން ބަލިވާނެކަމީ ސާފުކަމެއްކަމަށެވެ.