English Edition
Dhivehi Edition

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓާމަރުންނާ ގުޅޭ ޑޭޓާ ބޭސް ހެކް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެޗްޑީސީގެ ކަސްޓާމަރުންނާ ގުޅޭ ޑޭޓާ ބޭސްއެއް ހެކް ކުރި މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ފެންމަތިވީ ބައެއް އާންމުންގެ ފޯނުތަކަށް އެޗްޑީސީގެ ނަމުގައި މިއަދު އޯޓީޕީ މެސެޖުތަކެއް އައުމާއި އެޗްޑީސީގެ ކަސްޓަމާ ޑޭޓާ ބޭސް ހެކް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ކަސްޓަމަރުންގެ މައުލޫމާތުތައް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް ދައުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން އަދި ދެއްވާފައެއް ނުވެއެވެ.