English Edition
Dhivehi Edition

މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނެޝެނަލް ސެންޓަ ފޯ ދި އާޓްސް( އެންސީއޭ)ގެ ކޯޑިނޭޓަރު އަދި މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރޭ 4:50 އެހާކަންހާއިރު މުއާ ހައްރުކޮށްފައިވަނީ މައްޗަންގޯޅި ގޮމަށިގެއިން އިތުރު ދެ އަންހެނުންނާއި 2 ފިރިހެނުންނާއި އެއްކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހައްޔަރު ކުރި ފަސްމީހުން ތިބި ތަނުން ފުލުހުން ވަނީ ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ފުޅިވެސް ހޯދާފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މުއާ އެފަދަ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. މިއަދު މެންދުރުފަހު މުއާ މުއްދަތު ޖަހަން ގެންދާނެ ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށްދީފައެއްނުވެއެވެ. ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންސީއޭގެ ކޯޑިނޭޓަރުގެ މަގާމަށް މުއާ އައްޔަނުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހެވެ. އެއީ މުއާ އެ މަގާމަށް އައްޔަނު ކުރި ދެވަނަ ފަހަރެވެ.