ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކުޅެމް ޖެހޭ ފަހުމެޗުތަކުގެ ކުޅުން މިރޭ އޮންނާނެއެވެ. ސްޕެއިން، އިޓަލީ، އަލްބޭނިއާ އަދި ކްރޮއޭޝީއާ ވެސް ހިމެނޭ މި ގްރޫޕުގެ ފަހު މެޗުތަކުގެ ކުޅުން މިރޭ ކުޅޭއިރު، ދެވަނަ ބުރުގެ ފުރުސަތު ޔަގީންވެފައިވާ ހަމަ އެކަނި ޓީމަކީ ސްޕެއިންއެވެ. ސްޕެއިން ދެވަނަ ބުރު ކަށަވަރުކުރީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ކާމިޔާބުކޮށްގެންނެވެ.
ގްރޫޕުގައި ދެން އޮތް ތިން ޓީމުކަމުގައި ވާ އިޓަލީ، އަލްބޭނިއާ އަދި ކްރޮއޭޝިއާއަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އަދި އެބަ އޮތެވެ. ގްރޫޕުގެ ދެވަނަގައި ތިން ޕޮއިންޓާއި އެކު އިޓަލީ އޮތްއިރު، ތިންވަނައިގައި އޮތް އަލްބޭނިއާއާއި ހަތަރުވަނައިގައި އޮތް ސްކޮރޯއޭޝިއާއަށް ވެސް ދެމެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަމަ ކޮންމެ ތީމަކަށްވެސް އެބަ އޮތެވެ.
އިޓަލީ މިރޭ ނުކުންނާނީ ކްރޮއޭޝިއާއާއި ދެކޮޅަށެވެ. އަލްބޭނިއާ ނުކުންނާނީ ސްޕެއިންނާއި ދެކޮޅަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ސްޕެއިން އަދި އަލްބޭނިއާ ނިކުންނައިރު، ސްޕެއިން ވަނީ ގުރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ދެވަނަ ބުރު ޔަގީންކޮށްފައެވެ. އަލްބޭނިއާ އަށް މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އަދި މޮޅު ވެވިފައި ނުވާއިރު އެ ޓީމުން ފުރަތަމަ ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. އަދި ފަހު މެޗުގައި އެ ޓީމު ވަނީ އެއްވަރު ވެފައެވެ.
ސްޕެއިން އިން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. މި މެޗު ސްޕެއިން އިން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ މައްޗަށް ސްޕެއިން ކުރި ހޯދާފައިވަނީ 0-1 ގެ ނަތީޖާ އާއި އެކުއެވެ. މި މޮޅާއި އެކު ބާކީ އެއް މެޗު އޮއްވާ ސްޕެއިން އިން ވަނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ.
އަލްބޭނިއާ އިން މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ދެކޮޅަށެވެ. މި މެޗުގައި އިޓަލީ އަތުން ބަލިވެފައިވަނީ 1-2ގެ ނަތީޖާ އަކުންނެވެ. އަލްބޭނިއާ އިން މި ގުރޫޕުގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. އެ މެޗުން ނިމިގެން ދިއައީ 2-2ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އެންމެ ފޯރިގަދަވާނޭ ކަމަށް ބެލެވިފައިވަނީ ކްރޮއޭޝިޔާއާ އަދި އިޓަލީ ބައްދަލުކުރާމެޗެވެ. މެޗަކީ މިހާތަނަށް ފެނިގެންދާނެ އެންމެ ވާދަވެރި މެޗަށް ވެދާނެ އެވެ. މޮޅުވެގެން ނޫން ގޮތަކަށް ކްރޮއޭޝިޔާ އަށް ކުރިއަށް ދެވެން ނެތް މެޗަކީ އިޓަލީ އަށް ވެސް ބަލިވެގެން ފަރުޖައްސާލެވެން އޮތް މެޗެއްނޫނެވެ. ސަބަބަކީ ގްރޫޕުގެ ފަހަތުގައި އޮތް ދެ ޓީމަށް އިޓަލީ ވައްޓާލުމުގެ ފުރުސަތު އޮތުމެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މި ދެ ޓީމުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗަށް ކުރިމަތިލާއިރު، މި ގުރޫޕުގެ ދެވަނައިގައި އިޓަލީ އޮތީ ކުޅުނު ދެ މެޗުން ލިބުނު 3 ޕޮއިންޓާއި އެކުއެވެ. އަދި ގުރޫޕުގެ ތިންވަނައިގައި އަލްބޭނިއާ އޮތްއިރު ކްރޮއޭޝިއާ އޮތީ ގުރޫޕުގެ އެންމެ ފުލުގައެވެ. މި ދެ ޓީމަށްވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު ކްރޮއޭޝިއާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.