English Edition
Dhivehi Edition
ހުޅުމާލެމަގެއްގައި ކާރުތަކެއް ޕާކުކޮށްފައި

ހުޅުމާލޭގައި ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހެއްގެ ގައިގާ ކާރުން ޖެއްސުމަށް ފަހު ފިލި މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސްޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރުކުރި 22 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވާކަމަށެވެ.

ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން ވަނީ މަސައްކަތްކޮށްފައެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތްކުރި ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްވަނީ ފިލާފައެވެ.

އެ މައްސަލައާއި ގުޅިގެން ހޯދަމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.