English Edition
Dhivehi Edition
ހުޅުމާލެމަގެއްގައި ކާރުތަކެއް ޕާކުކޮށްފައި

ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހޯދަމުންދިޔަ ދެވަނަ މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ފަތިހު، ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން ވަނީ މަސައްކަތްކޮށްފައެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތްކުރި ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްވަނީ ފިލާފައެވެ.

އެ މައްސަލައާއި ގުޅިގެން ހޯދަމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އެ މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ދެވަނަ މީހާވެސް މިއަދު ހައްޔަރުކޮށްފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ޓެގު