English Edition
Dhivehi Edition

ޔޫރަޕުގެ ޤައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތްކަމުގައިވާ، ޔުއޭފާ ޔޫރޯ 2024 މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޖަރުމަނުގެ ވެރިރަށް މިޔުނިކްގައި ކުލަގަދަ ރަސްމިއްޔާތަކާއި އެކު މިރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ ޖާރުމަނާއި ސްކޮޓްލެންޑްއެވެ.

މުބާރާތް ފެށުުމުގެ ރަސްމީޔާތު މިރޭ ރާއްޖެ ގަޑިން 10:00 ގައި ފަށާއިރު ޖަރުމަނާއި ސްކޮޓްލެންޑް ބައްދަލުކުރާ މިމުބާރާތުގެ ފުރަތަމަމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 12:00 ގައެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 24 ގައުމު ވާދަކުރާއިރު މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ޖަރުމަނުގައެވެ. އަދި މުބާރާތުގައި ވާދަކުރާ 24 ގައުމު ވަނީ 6 ގްރޫޕަކަށް ބަހާލާފައެވެ. އެއީ ގުރޫޕް އޭ، ބީ، ސީ، ޑީ، އީ އަދި އެފްއެވެ.

މިފަހަރުގެ ޔޫރޯގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގަޑިއެއްގައެވެ. އެ ގަޑިތަކަކީ، ރާއްޖޭގެ ގަޑިން އިރުއޮއްސި 6:00 އަދި ރޭގަނޑު 9:00 ގެ އިތުރުން ރޭގަޑު 12:00 އެވެ.

މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ މެޗްތައް ޕީއެސްއެމް އިން ދެއްކުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ މެޗްތައް މީޑިއާނެޓާއި ދިރާގުގެ ނެޓްވޯކްގައި ހިމެނޭ ޓެންގެ ޗެނަލްތަކުންވެސް ފެނިވަޑައިގަންނަވާނެއެވެ.