English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މައުމޫން އަބްދުލް ޤައްޔޫމް ގުޅިވަޑައިގެން މަސައްކަތް ނުކުރެއްވޭނެ ކަން މިހާރުވެސް ފެންނަމުންދާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ

ރޭ ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމާއި މުހައްމަދު ނަޝީދުއާ ދެމެދު ވަރަށް އަވަހަށް މައްސަލަ ޖެހި ހުޅުފަޅައިގެން ދާނެ ކަމަށެވެ. އިދިކޮޅު ދެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އިދިކޮޅު ލީޑަރުން އެކުވެގެން އުފައްދާފައިވާ ކޯލިޝަން މާގިނަ ދުވަހަކު ދެމި ނޯންނާނެކަމަށެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ ތެލާއި ފެން އެކު ނުވާނެ ފަދައިން މައުމޫނާއި ނަޝީދަށް އެކުގައި މާގިނަ ދުވަހު ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމަށާއި ކޮންމެ ޕާޓީއަކުން އަދި ކޮންމެ ލީޑަރަކު ވެސް ބޭނުންފުޅުވެލައްވަނީ އެ މީހަކު އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށެވެ

އެއްބައިވަންތަ ކަމުގެ ދުވަހާ ބެހޭ ގޮތުން ކުރީގެ ދެރައީސުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ނިހާނު ވިދާޅުވީ ސުނާމީގައި ހާލުގައި ޖެހުނު އެންމެނަށް ބޯހިޔާވަހިކަން ފޯރު ކޮށްދެއްވުމުގައި އެ ދެބޭފުޅުން ވެސް ނާކާމިޔާބު ވެވަޑައިގެންފައިވާ ކަމަށެވެ