English Edition
Dhivehi Edition
ތޮއްޑޫގައި ހިނގި ހަމަނުޖެހުން

އއ. ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކާ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން 8 މީހުން ހައްޔަރުކޮށްފައި ވާއިރު، ފުލުހުން ބުނީ މި މައްސަލައާ ގުޅުގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ ރަށުގެ ދަނޑުބިން ދޫކުރާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ބައެއް ދަނޑުވެރިން ހިތްހަމަނުޖެހުން ފާޅުކޮށް މި މަހުގެ 5 ވަނަ ދުވަހު ވަނީ އެރަށު ކައުންސިލް ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި އެދުވަހު ފުލުހުންނާއި އާންމުންނާ ހިނގި ކުރިމަތިލުމެއްގައި ފުލުހަކަށް އަނިޔާވެފައިވާއިރު ދަނޑުވެރިން ވަނީ ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން ތޮއްޑޫ ދަނޑުވެރިންވަނީ ރަށުގެ ދަނޑުބިންތައް ދަނޑުވެރިން އަތުން ކައުންސިލުން އަތުލަން ނިންމާފައިވާކަމަށް ތުހުމަތުކޮށްފައެވެ.