English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހުހާފްގައި ކުޅެން ނިކުމެ ޖެސޭ ލިންގާޑު ކާމިޔާބުކޮށްދިން ދެ ލަނޑުން މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބާންލީ އަތުން ބަލިނުވެ ސަލާމަތް ވެއްޖެއެވެ.

ލީގުގައި މިދިޔަ ހަފްތާގައި ލެސްޓާ ސިޓީއާ ބައްދަލުކުރި މެޗުން ވެސް އެއްވަރުވި މެންޗެސްޓަރ ޔުނައިޓެޑް ރޭ އަމިއްލަ ދަނޑު އޯލްޑް ޓްރެފަޑްގައި ބާންލީ އާއި ބައްދަލުކުރި މެޗު ވެސް ވަނީ 2-2 ލަނޑުން ދެ ޓީމް އެއްވަރުވެފައެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ބާންލީއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ހޯދައި ވަރުގަދަ ސްކޮޑެއް އޮތް ޔުނައިޓެޑްގެ މުޅި ޓީމް ހާސް ކޮށްލާފައެވެ.

ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ ތިންވަނަ އޭޝްލީ ބާންސްގެ ލަނޑުން ބާންލީ ވަނީ ލީޑު ނަގާފައެވެ. ބާންލީގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓް އަށް ވެފައި ވަނިކޮށް ކާމިޔާބުކޮށް ދީފައިވަނީ ސްޓީވަން ޑެފޯއެވެ.

ޑެފޯގެ ލަނޑައަށް ފަހު ވެސް ފުރަތަމަ ހާފްގައި ބާންލީގެ ގޯލައަށް ގިނަ ހަމާލަތަކެއް ފޮނުވާލި ޔުނައިޓެޑްއަށް ވަނީ ލަނޑު ޖަހާނެއް ގިނަ ފުރުސަތުތަކެއް ލިބި އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރޭވޭ ގޮތް ނުވެފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބާންލީއިން 2 ލަނޑުގެ ލީޑެއް ނެގި ނަމަވެސް ޔުނައިޓެޑުން ވަނީ މެޗުގެ ދެވަނަ ހާފް ފަށައިގެން ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ލިންގާޑް ކާމިޔާބު ކޮށްދިން އިރު ލިންގާޑު ވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އިތު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ޔުނައިޓެޑްއަށް ޕޮއިންޓެއް ކަށަވަރު ކޮށްދީފަ އެވެ.