English Edition
Dhivehi Edition
ފުލުހުން ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ - ފޮޓޯ: ޕޮލިސް

މާލެ ހޮޓެލް ޖެން ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހޮޓެލް ޖެން ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު 3:03 ހާއިރު ކަމަށެވެ. އަލިފާން ރޯވުމާއި ގުޅިގެން 7 ސައިކަލާއި ވޭނަކަށް ގެއްލުން ލިބިފައިވާއިރު ފުލުހުން ބުނީ މީގެ ތެރެއިން 3 ސައިކަލު ބޭނުން ނުކުރެވޭ ވަރށް އަދާފައިވާކަމަށެވެ.

ޓެގު