English Edition
Dhivehi Edition

މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯސްތަކެއްގައި ވެސް އޮންލައިކޮށް ބައިވެރިވެ ކިޔެވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

އެ ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި މިހާރު ހުޅުވާލެވިފައިވާ ޖުލައި މަހުގެ އިންޓޭކްގައި އެ ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓިފިކެޓް ލެވެލްގެ ހުރިހާ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުންނަށް ހުޅުވާލެވިފައެވެ. އޭގެތެރޭގައި، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް، މާކެޓިންގް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮކިއޯމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް އަދި ޓުވަރިޒަމް މެނޭޖްމެންޓްގެ ކޯސްތައް ހިމެނެއެވެ. ކާމިޔާބު ކަމާއެކު އޯލެވެލް ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ލެވެލްގެ ކޯސްތަކުގައި ބައިވެރިވެވޭނެއެވެ. ހަމައެއާއެކު 18 އަހަރު ވެފައިވާ ކޮންމެ ފަރާތަކަށް ވެސް އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާ އެކު އެޑްވާންސްޑް ލެވެލް ކޯސްތަކުގައި ބައިވެރިވެވޭނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދައާ އެކު އެ އޮތޯރިޓީއިން އެޕްރޫވް ކުރެވިގެން ހިންގާ ކޯސްތަކެކެވެ. މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓިފިކެޓް ލެވެލްގެ ކޯސްތަކުގެ މުއްދަތަކީ ޖުމްލަ 12 މަސް ދުވަހެވެ. މި ކޯސްތަކުގެ ފީތައް ވެސް 12 މަސް ދުވަހަށް ބަހާލައިގެން ލުއިފަސޭހަ ގޮތަކަށް އިންސްޓޯލްމެންޓް އުސޫލުން ދެއްކުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ އިންތިޒާމްކޮށްދީފައެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ދަރިވަރުންނަށް ކޯސް ފީ ދެއްކުމުގައި ވީހާވެސް ބޮޑަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް މެޕްސް ކޮލެޖުގެ މެނޭޖްމެންޓުން ވަނީ މައުލޫމާތުދީފައެވެ.

މެޕްސް ކޮލެޖުން އޮންލައިންކޮށް ހިންގާ ކޯސްތަކަކީ އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކޯސްތަކަކަށް ވާއިރު އެޑްވާންސްޑް ސެޓްފިކެޓްގެ ކޯސްތަކުގެ ތެރެއިން އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ކޯސްތަކަކީ ވަރަށް ގިނަ ބަޔަކު އޮންލައިންކޮށް ކިޔެވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯސްތަކެކެވެ. މެޕްސް ކޮލެޖުން ފަހިކޮށްދިން މި ފުރުސަތާއެކު މާލޭގެ އިތުރުން އަތޮޅުތެރޭގައި ދިރިއުޅޭ ވަރަށް ގިނަ ފަރާތްތަކަށް ހާއްސަކޮށް ގްރޭޑް 10 އެއް ނިންމާ ދަރިވަރުންނަށް މިއީ ވަރަށް ރަގަޅު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކުން ވެސް އަގުހުރި ގޮތުގައި ބޭނުން ކުރުމަށް މެޕްސް ކޮލެޖުން އިލްތިމާސް ކުރެއެވެ. މެޕްސް ކޮލެޖުގެ ޖުލައި އިންޓޭކްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ. މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް އެ ކޮލެޖުގެ ވެބް ސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތައުލީމު އުނގެނުމުގައި ކުރިޔަށްދާންވީ ދާއިރާއެއް ޚިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ވެސް މެޕްސް ކޮލެޖުން ފޯރުކޮށްދޭނެއެވެ. މި މައުލޫމާތު މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އާއްމުންނަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ދިގު މާޒީއެއް އޮތް މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައި ދިނުމުގެ ޚިދުމަތް ދެމުން އަންނަ ކޮލެޖެކެވެ. މެޕްސް ކޮލެޖުން 1999ވަނަ އަހަރު އާއްމުންނަށް މަތީ ތައުލީމު ދިނުމުގެ ޚިދުމަތް ފަށާފައިވާއިރު ކާމިޔާބު ކަމާއެކު މަތީ ތައުލީމު ފުރިހަމަކޮށްފައިވާ ގިނަ ދަރިވަރުންތަކެއް މި ކޮލެޖުން ވަނީ މުޖްތަމަޢަށް ނެރެދީފައެވެ.