English Edition
Dhivehi Edition
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުން ކަނޑައަޅައި، ނަންތައް ތަރުތީބުކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ކަނޑައަޅުއްވާފައިވަނީ:

  1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު – (މަޖިލީހުގައި މެދުނުކެނޑި 19 އަހަރާއި 3 މަސް)
  2. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް – (މަޖިލީހުގައި މެދުނުކެނޑި 15 އަހަރު)
  3. އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް – (މަޖިލީހުގައި މެދުނުކެނޑި 15 އަހަރު)
  4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ – (މަޖިލީހުގައި މެދުނުކެނޑި 15 އަހަރު)
  5. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު – (މަޖިލީހުގައި މެދުނުކެނޑި 10 އަހަރު)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތަރުތީބުންނެވެ