English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

މީހުންގެ އަތުން ފައިސާ ފޭރެމުން ދިޔަ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ރޭ ހުޅުމާލެ ފޭސް2 ގެ އެޗް1 ކައިރީގައި މީހަކުގެ އަތުން ފޭރެން އުޅުނު ބަޔަކު، ހިފަހައްޓައިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމަށް އެމީހުން ހިފަހައްޓާފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ ފޭރެން މަސައްކަތްކުރި މީހުންނަށް ސުވާލުކުރުމުން، އެކި ފަހަރު މަތިން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމުގެ މައުލޫތު ލިބިފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ 2 މީހުންނާ، 36 ގެ މީހެއްގެ އިތުރުން 45 ގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

 

ޓެގު