English Edition
Dhivehi Edition
ފްރާންސް ގައުމީފުޓްބޯޅަ ޓީމް/ ފޮޓޯ: ސްކައި ސްޕޯޓްސް

ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ފްރާންސަކީ ހުނަރުވެރި ގިނަ ތަރިންތަކެއް ހިމެނޭ ޓީމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްވެސް މެއެވެ. މިހާތަނަށް ޔޫރޯ ދެ މުބާރާތެއް ވެސް ކާމިޔާބު ކޮށްފައިވާ ފްރާންސް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ކުޅެފައިވަނީ 1984 ވަނައަހަރު ޖަރުމަންގައި ބޭއްވުނު މުބާރާތުގައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދިއެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތަށް ކޮލިފައި ނުވިނަމަވެސް އޭގެފަހުން މިހާތަނަށް ބޭއްވުނު ހުރިހާ ޔޫރޯ މުބާރާތެއްގައިވެސް ފަރާންސް ވަނީ ކުޅެފައެވެ. މިހާތަނަށް ބޭއްވުނު ނުވަ މުބާރާތުގައި އެޓީމުން ވާދަކުރިއިރު، ގުރޫޕް ސްޓޭޖުން އެޓީމު ކެޓީ އެންމެ މުބާރާތެއްގައެވެ. އެއީ 1992 ވަނަ އަހަރުގެ މުބާރާތެވެ. އެ ނޫން ހުރިހާ މުބާރާތެއްގައިވެސް ފްރާންސް ވަނީ ގުރޫޕް ސްޓޭޖަށް ވުރެ ދުރަށް ދަތުރުކޮށްފައެވެ.

މިހާތަނަށް ކުޅުނު ނުވަ ޔޫރޯގެ ތެރެއިން ދެ މުބާރާތެއްގެ ޗެމްޕިއަންކަން ފްރާންސް ހޯދިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ 1984 ވަނަ އަހަރާއި 2000 ވަނަ އަހަރުގެ މުބާރާތުގައެވެ. 1996 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ސެމީއަށް ދަތުރުކުރިއިރު، 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފްރާންސް ކުޅުނެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވުނު މުބާރާތުން އެޓީމު ކެޓީ ދެވަނަ ބުރުންނެވެ. ފްރާންސް އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

ފްރާންސް ވެފައިވަނީ އެޓީމު ވާދަކުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރި ޔޫރަޕްގެ ހަމައެކަނި ގައުމަށެވެ. އެޓީމުން ވަނީ ޖުމްލަ އަށް ރަން މެޑަލް ހޯދާފަ އެވެ. ޔޫރޯގެ އިތުރުން ވޯލްޑް ކަޕްގެ ދެ މުބާރާތާއި ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ފްރާންސް ހޯދި އެވެ. ކޮންފެޑެރޭޝަންސް ކަޕް 2001 އަދި 2003 ވަނަ އަހަރު ހޯދި އެވެ. އަދި ކޮންމެބޮލް-ޔޫއެފާ ކަޕް އޮފް ޗެމްޕިއަންސް އެއް ފަހަރު ހޯދުމުގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގު ވެސް އެގައުމުން ކާމިޔާބުކުރި އެވެ.

ކޮލިފައިވި ގޮތް

ފްރާންސް މިހަފަރުގެ ޔޫރޯ އަށް ކޮލިފައިވީ ގުރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގައި ފްރާންސް ކުޅުނު 8 މެޗުގެ ތެރެއިން 7 މެޗުން މޮޅުވި އެވެ. 1 މެޗު އެއްވަރުވިއިރުވިއެވެ. މެޗަކުން ބަލިނުވެއެވެ. ފްރާންސް ގުރޫޕްގެ އެއްވަނަ ހޯދީ 22 ޕޮއިންޓާ އެކު އެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ނެދަލެންޑްސް އަށް ލިބުނީ 18 ޕޮއިންޓެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު 8 މެޗުގައި އެ ޓީމުން 29 ލަނޑު ޖެހި އެވެ. ބައިކޮޅަށް ވަނީ ތިން ލަނޑެވެ.

މުހިންމު ކުޅުންތެރިން

ފްރާންސް އަކީ ތަރިންގެ ޓީމެކެވެ. މުޅިންވެސް ތިބީ ހުނަރުވެރި ކުޅުންތެރިންނެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނަށް ބަލާއިރު، އެތްލެޓިކޯ މެޑްރިޑްގެ މިޑްފީލްޑަރ އެންޓޮނިން ގްރީޒްމަން، ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ އޮސްމާނޭ ޑެމްބެލޭ، އޭސީ މިލާނުގެ ފޯވަޑް އޮލިވަ ގީރޫޑް ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ކޯޗު

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގައި އެ ގައުމު ލެޖެންޑެކެވެ. ފްރާންސް އިން 1998ގެ ވޯލްޑް ކަޕާއި 2000ގެ ޔޫރޯ ކާމިޔާބުކުރިއިރު، ކެޕްޓަނަކީ ޑެޝޯމްޕްސް އެެވެ. އޭނާގެ ކޯޗިން ކެރިއަރު 2001 ގައި ފެށީ ފްރާންްސްގެ މޮނާކޯ އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޔުވެންޓަސް އާއި މާސޭ އަށް ކޯޗުކޮށްދީފަ އެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2014 ގެގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ފްރާންސްގައި 2016 ގައި އޮތް ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރީ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުންނެވެ. ފައިނަލްގައި ފްރާންސް ބަލިވީ ޕޯޗުގަލް އަތުންނެވެ.

ގްރޫޕުގައި އޮތް ފުރުސަތު

ގުރޫޕް ޑީގެ ފޭވަރިޓުންގެ ތެރޭގައި ފްރާންސް ހިމެނެއެވެ. މި ގުރޫޕްގައި ދެން އޮތީ ނެދަލެންޑްސް އާއި ޕޯލަންޑް އަދި އޮސްޓްރިއާއެވެ. މި ގުރޫޕް ވެގެންދާނީ ފްރާންސްއަށް ވާދަވެރި އަދި އުނދަގޫ ގުރޫޕަކަށެވެ. ފްރާންސްއަށް ކިރިޔާވެސް މޮޅުވަން ފަސޭހަ ޓިމަކަށް އޮތީ އޮސްޓްރިއާއެވެ. ދެން އޮތް ނެދަލެންޑަސް އަދި ޕޯލަންޑް މެޗަކީ ފްރާންސްއަށް މޮޅުވަން ވަރަށް އުނގަދަގޫ ދެމެޗަށް ވާނެއެވެ. ނިސްބަތުން މިއީ ފްރާންސަށް އުނދަގޫ ގުރޫޕެކޭ ބުނެވިދާނެ އެވެ.

ޔޫރޯ މުބާރާތަށް ނެގި ފްރާންސްގެ 25 ކުޅުންތެރިންގެ ސްކޮޑް

ކީޕަރުން: އަލްފޮންސް އަރެއޯލާ (ވެސްޓް ހެމް)، މައިކް މައިގްނާން (އޭސީ މިލާން)، ބްރައިސް ސަމްބާ (ލެންސް).

ޑިފެންޑަރުން: ޖޮނަތަން ކްލޯސް (މާސޭ)، ތިއޯ ހަނާންޑޭޒް (އޭސީ މިލާން)، އިބްރަހިމާ ކޮނާޓޭ (ލިވަޕޫލް)، ޖޫލްސް ކައުންޑޭ (ބާސެލޯނާ)، ފެރްލަންޑް މެންޑީ (ރެއާލް މެޑްރިޑް)، ބެންޖަމިން ޕަވާޑް (އިންޓަ މިލާން)، ވިލިއަމް ސަލީބާ (އާސެނަލް)، ދަޔޯޓް އުޕަމެކާނޯ ( ބަޔާން މިއުނިކް).

މިޑްފީލްޑަރުން: އެޑޫއާޑޯ ކަމަވިންގާ (ރެއާލް މެޑްރިޑް)، ޔޫސޫފް ފޮފާނާ (މޮނާކޯ)، އެންޓޮއިން ގްރިޒްމަން (އެތްލެޓިކޯ މެޑްރިޑް)، ންގޮލޯ ކާންޓޭ (އަލް އިއްތިހާދު)، އެޑްރިއަން ރަބިއޯޓް (ޔުވެންޓަސް)، އޮރެލިއަން ޗުއަމެނީ (ރެއާލް މެޑްރިޑް)، ވޮރެން ޒައިރޭ-އެމެރީ (ޕެރިސް) އެވެ ) ސެއިންޓް ޖަރމައިން).

ފޯވާޑުން: ބްރެޑްލީ ބާކޯލާ (ޕެރިސް ސެއިންޓް ޖާމައިން)، ކިންގްސްލީ ކޮމަން (ބަޔާން މިއުނިކް)، އޮސްމާނޭ ޑެމްބެލޭ (ޕެރިސް ސެއިންޓް ޖާމައިން)، އޮލިވިއާ ޖިރޫޑް (އޭސީ މިލާން)، ރެންޑަލް ކޮލޯ މުއާނީ (ޕެރިސް ސެއިންޓް ޖާމައިން)، ކިލިއަން އެމްބާޕޭ (ޕެރިސް ސެއިންޓް- ޖަރމައިން) ޖަރމައިން)، މާކަސް ތޫރަމް (އިންޓަރ މިލާން).