އާރްޓީއެލް ހިދުމަތް ދިނުމުގައި ދަތުރުފަތުރުގެ ގޮތުން މާލެއާ ދުރުގައި ހުރި ބައެއް ރަށްރަށަށް އިސްކަން ނުދޭތީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަޝްރަގް ވިދާޅުވީ ތ. އަތޮޅަކީ ދަތުރުފަތުރުގެ ގޮތުން ވެރިރަށް މާލެ އާ އެންމެ ދުރުގައިވާ އެއް އަތޮޅު ކަމުގައި ވީ އިރު، ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމްގައި އެ އަތޮޅަށް ހިދުމަތް ފެށުން ލަސްވާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި މިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
“އެހެން ކަމުން މިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިފައިވާ ވާހަކަ ދަންނަވަމެވެ.” ފޭސްބުކްގައި އަޝްރަގް ވިދާޅުވެފައިވެއެވެ.