English Edition
Dhivehi Edition

އެމެރިކާ ލީގުގައި އިންޓަ މިއާމީ އާއި ދެކޮޅަށް ކުޅުނު މެޗު، ތަފާތު ބޮޑު ނަތީޖާއަކުން އެޓްލާންޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ރޭ ފަތިހު ކުޅުނު މި މެޗު އެޓްލާންޓާ ޔުނައިޓެޑުން ކާމިޔާބު ކުރީ އިންޓަ މިއާމީއާއި ވާދަކޮށް 1-3 ގެ ނަތީޖާއިންނެވެ.

އިންޓަ މިއާމީގެ ފަރާތުން މި މެޗުގައި ދައް ކުޅުމެއް ފެނިގެން ދިއައިރު، މުޅި މެޗު ކޮންޓްރޯލް ކޮށް ރަނގަޅަށް ކުޅެފައިވަނީ އެޓްލާންޓާ އިންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައި އެޓްލާންޓާއިން ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. އެޗުގެ 44 ވަނަ މިނެޓުގައި އެޓްލާންޓާއަށް ލީޑުނަގައިދިން މި ލަނޑު ޖަހައިދިނީ ފޯވާޑް ލޮބްޒާނިޑްޒޭއެވެ.

އެޓްލާންޓާގެ ދެވަނަ ލަނޑު ވެސް ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޖަހައިދިނީ ލޮބްޒާނިޑްޒޭއެވެ. އެޓަލާންޓާގެ ދެވަނަ ކަނޑަށް ފަހު މިއާމީ އިން ލަނޑެއް ޖަހައި އުންމީދު އާކުރިއެވެ. ސާޖިއޯ ބުސްކެޓްގެ އެހީތެރިކަމާއި އެކު ލިއޮނެލް މެސީ ޖަހައިދިން މި ލަނޑުން އުންމީދު އާކުރިނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ޓިއާރޭ ވަނީ އެޓަލާންޓާގެ ތިންވަނަ ލަނޑުޖަހައި މިއާމީގެ އުންމީދު ފެނަށް ދުއްވާލާފައެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް އިންޓަ މިއާމީ އަދިވެސް އޮތީ ލީގުގެ އެއްވަނާގައެވެ. އެއީ 34 ޕޮއިންޓާއި އެކުގައެވެ. ރޭގެ މެޗުން މޮޅުވި އެޓްލާންޓާ އޮތީ 16 ޕޮއިންޓާއި އެކު 12 ވަނާގައެވެ.