English Edition
Dhivehi Edition

ނެދަލެންޑްސް ގެ ކޯޗު ރޮނާލްޑް ކޫމަން މިފަހަރުގެ ޔޫރޯގައި ވާދަކުރާ ނެދަލެންޑްސް 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް މިއަދު އިއުލާންކޮށްފިއެވެ.

ޖަރުމަނުގައި އަންނަ މަހު 14 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނެދަލެންޑްސް ޓީމުގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކުރިއިރު، ލިވަޕޫލްގެ ތިން ކުޅުންތެރިން ކަމަށްވާ ވާޖިލް ވެންޑައިކް، ކޯޑީ ގަކްޕޯގެ އިތުރުން ރަޔަން ގްރެވެންބާޗް ވަނީ ސްކޮޑްގައި ހިމަނާފައެވެ.

މީގެ އިތުރުން މެންޗެސްޓަރ ސިޓީގެ ނަތަން އޭކް އާއި ބަޔާންގެ ޑިފެންޑަރ މަތިއަސް ޑިލިޓް ވެސް ވަނީ މިފަހަރުގެ ޔޫރޯ ސްކޮޑްގައި ހިމަނާފައެވެ.

މިއީ މިފަހަރުގެ މުބާރާތަށް ފައިނަލް ސްކޮޑް އިއުލާނުކުރި ދެވަނަ ގައުމެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ހިމެނެނީ ޕޮލަންޑް އާއި ފްރާންސް އަދި އޮސްޓްރިއާ އާއި އެކު ގުރޫޕް ޑީގައެވެ.

ނެދަލެންޑްސްގެ 26 ކުޅުންތެރިންގެ ސްކޮޑް

ގޯލްކީޕަރުން

ޖަސްޓިން ބިޖްލޯ (ފޭނޫޑް)
މާކް ފްލެކެން (ބްރެންޓްފޯޑް)
ބާޓް ވަރބްރޫގްން (ބްރައިޓަން)

ޑިފެންޑަރުން

ނޭތަން އެކް (މެންޗެސްޓާ ސިޓީ)
ޑޭލީ ބްލައިންޑް (ޖިރޯނާ)
މެތިއަސް ލިލިޓް (ބަޔާން މިއުނިކް)
ސްޓެފަން ޑި ވްރިޖް (އިންޓަރ މިލާން)
ޑެންޒެލް ޑަމްފްރައިސް (އިންޓަ މިލާން)
ޖެރެމީ ފްރިމްޕޮންގް (ބަޔާ ލެވަކޫސަން) ލުޓްޝެރެލް ގީޓްރޫޑާ (ފޭނޫޑް)
މިކީ ވެން ޑި ވެން (ޓޮޓެންހަމް)
ވާޖިލް ވެން ޑައިކް (ލިވަޕޫލް)

މިޑްފީލްޑަރުން

ފްރެންކީ ޑި ޔޮންގް (ބާސެލޯނާ)
ރަޔަން ގްރެވެންބަޗް (ލިވަޕޫލް)
ޓެއުން ކޫޕްމެއިނާސް (އެޓަލާންޓާ)
ޓިޖާނީ ރެއިޖިންޑާސް (އޭސީ މިލާން)
ޖަޑީ ޝޫޓެން (ޕީއެސްވީ)
ކުއިންޓެން ޓިމްބާ (ފޭޔެނޫޑް)
ޖޯޖިނިއޯ ވިނަލްޑަމް (އަލް އިއްތިފާކް)

ފޯވާޑުން

ސްޓީވަން ބާގްވިޖްން (އަޔަކްސް)
ބްރައިއަން ބްރޮބީ (އަޔަކްސް)
މެމްފިސް ޑިޕޭ (އެޓްލެޓިކޯ މެޑްރިޑް)
ކޯޑީ ގަކްޕޯ (ލިވަޕޫލް)
ޑޮނޮއެލް މެލެން )ބޮރޫޝިއާ ޑޯޓްމަންޑް)
ޒަވީ ސިމޮންސް (އާރުބީ ލައިޕްޒިގް)
ވައުޓް ވެގޯސްޓް (ހޮފެންހައިމް).

ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައި އަންނަ ޖޫން މަހުގެ 14 ވަނަ ސުވަހުއެވެ.

ނެދަލެންޑްސް ގުރޫޕް ޑީގައި ހިމެނޭއިރު، އެޓީމުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 16 ވަނަ ދުވަހު ނުކުންނާނީ ޕޮލަންޑާއި ދެކޮޅަށެވެ. އަދި ޖޫން 21 ގައި ފްރާންސް އާއި ދެކޮޅަށް ނުކުންނައިރު، ޖޫން 25 ގައި ނުކުންނާނީ އޮސްޓްރިއާ އާ ދެކޮޅަށެވެ.