English Edition
Dhivehi Edition

ސްޕެއިންގެ ބާސެލޯނާގެ ކޯޗަކަށް ޖަރުމަނުގެ ހަންސީ ފްލިކް ހަމަޖައްސައިފިއެވެ.

މީގެ ކުރިން ކުރެވުނު ގިނަ މަޝަވަރާތަކަށް ފަހު ބާސާގެ ކޯޗުގެ މަގާމަށް ފްލިކްސް ހަމަޖައްސަން ނިންމިއިރު، ބާސާއިން މިހާރުވަނީ ފްލިކްސްއާއި އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައިއެވެ. ކުލަބުން ވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، މި އެއްބަސްވުމާއި އެކު 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފޮލިކްސް ބާސާއަށް އިރުޝާދު ދޭނެއެވެ.

ބާސާގެ ކޯޗުގެ މަގާމު ފްލިކްސް އާއި ހަވާލު މިކުރީ ބާސެލޯނާގެ ކޯޗުކަމުގައި ކުރިން ހުރި ޒަވީ ހެނާންޑޭޒް އެ މަގާމުން ވަކި ކުރުމަށް ފަހުގައެވެ. ޒަވީ މަގާމުން ވަކިކުރީ އޭނާއާއި އެކު ބާސާއަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީއެވެ.

އުމުރުން 59 އަހަރުގެ ފްލިކް ވަނީ މީގެ ކުރިން ވެސް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ޝައުޤުވެރިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް އޭރު ފްލިކާއެކު ބާސެލޯނާ އިން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ދެފަރާތުން އެއްބަސްވުމަކާއި ހަމައަށް ނާދެވުމުން، ބާސާއިން ނިންމީ ޒަވީ އަށް އެ މަގާމު ހަވާލުކުރާށެވެ.

ފްލިކް ވަނީ މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދުދީ، އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އޭނާ ވަނީ އެއް ސީޒަނެއްގެ ހުރިހާ ތައްޓެއް ބަޔާނަށް ހޯދައިދީފަ އެވެ. ބަޔާންގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދެން ފްލިކް ހަވާލުވީ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމާ އެވެ. އެ މަގާމުން އޭނާ ވަކިިކުރީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަޕާން އަތުން ބަލިވެ ޖަރުމަން ކެޓުމާއި ގުޅިގެންނެވެ. އޭގެ ފަހުން ފްލިކް ހުންނަނީ ރަސްމީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ.