English Edition
Dhivehi Edition
ފޮޓޯ: އެފްބީސީ ނިއުސް

ސާބިއާގެ ކޯޗު ޑްރެގަން ސްޓޮޖްކޮވިޗް މިފަހަރުގެ ޔޫރޯގައި ވާދަކުރާ ސާބިއާގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކޮށްފިއެވެ.

ޖަރުމަނުގައި އަންނަ މަހު 14 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސާބިއާގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކޮށްފައިވާއިރު، މިއީ މިފަހަރުގެ މުބާރާތަށް ފައިނަލް ސްކޮޑް އިއުލާނުކުރި ފުރަތަމަ ގައުމެވެ. އަދި މިހާތަނަށް ގިނަ ގައުމުތަކުން އިއުލާނުކޮށްފައިވަނީ ވަގުތީ ސްކޮޑެކެވެ. ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީމުތަކުން ފައިނަލް ސްކޮޑް އިއުލާނުކުރާނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސާބިއާ ހިމެނެނީ އިންގްލެންޑް އާއި ޑެންމާކު އަދި ސްލޮވޭނިއާއާއި އެކު ގުރޫޕް ސީގައެވެ.

ސާބިއާގެ 26 ކުޅުންތެރިންގެ ސްކޮޑް

ގޯލްކީޕަރުން

ވަންޖާ މިލިންކޯވިޗް ސާވިޗް (ޓޮރީނޯ).

ޑޯޑޭ ޕެޓްރޯވިޗް (ޗެލްސީ)،.

ޕްރެޑްރަގް ރާޖްކޯވިޗް (މަޔޯކާ).

ޑިފެންޑަރުން

ސްޓްރަހިންޖާ ޕަވްލޮވިޗް (އާރުބީ ސަލްޒްބާގް)

ނިކޮލާ މިލެންކޯވިޗް (ފިއޮރެންޓީނާ)

ސްރްޑަން ބާބިޗް (ސްޕާޓަކް މޮސްކޯ)

މިލޯސް ވެލްޖްކޯވިޗް (ވަރޑާ ބްރޭމަން)

އުރޯސް ސްޕަޖިޗް (ރެޑް ސްޓާ ބެލްގްރޭޑް)

ނޭމަންޖާ ސްޓޮޖިޗް (ޓީއެސްސީ ބަކާ ޓޮޕޯލާ).

މިޑްފީލްޑަރުން

ސާސާ ލުކިޗް (ފުލަމް)

ނޭމަންޖާ ގުޑެލްޖް (ސެވިލާ)

ނެމަންޖާ މަކްސިމޮވިޗް (ގެޓާފޭ)

އިވާން އިލިޗް (ޓޮރީނޯ)

ސްރްދާން މިޖައިލޮވިޗް (ރެޑް ސްޓާ ބެލްގްރޭޑް)

ސާޖެޖް މިލެންކޯވިޗް-ސާވިޗް (އަލް ހިލާލް)

ޑޫސާން ޓަޑިޗް (ފެނެރްބާޗޭ)

ލާޒާރ އެވަ ސަމާރްޒިޗް (އުޑިނޭޒް)

ވެޖްކޯ ބިރްމަންސެވިޗް (ސްޕާޓާ ޕްރާގް)

ފިލިޕް ކޮސްޓިކް (ޔުވެންޓަސް)

އަންޑްރިޖާ ޒިވްކޮވިޗް (ޕީއޭއޯކޭ)

ފިލިޕް މްލަޑެނޮވިޗް (ޕެނަތިނައިކޯސް)

މިޖާޓް ގަސިނޮވިޗް (އޭއީކޭ އެތެންސް).

ފޯވާޑުން

އެލެގްޒެންޑަރ މިޓްރޮވިޗް (އަލް ހިލާލް)

ޑޫސަން ވްލަހޯވިޗް (ޔުވެންޓަސް)

ލޫކާ ޖޮވިޗް (އޭސީ މިލާން)

ޕެޓާ ރަޓްކޯވް (އާރުބީ ސަލްޒްބާގް).

ޔޫރޯ މިބާރާތް މިފަހަރު ޖަރުމަނުގައި ބާއްވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގައެވެ.