English Edition
Dhivehi Edition

އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އިތުރުކޮށްފި އެވެ.

އެސްޓަން ވިލާ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ އުނާއި އެމެރީ، އެ ކުލަބުގެ އެއްބަސްވުން އައުކުރީ 2029 ވަނަ އަހަރާއި ހަމައަށެވެ.

އުމުރުން 52 އަހަރުގެ އެމެރީ އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭރު އޭނާ ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ، އެސްޓަން ވިލާ އިން ވަނީ އޭނާގެ އެއްބަސްވުން އިތުރު ތިން އަހަރަށް އައުކޮށްފަ އެވެ.

އެމެރީގެ އިރުޝާދުގެ ދަށުން އެސްޓަން ވިލާ ވަނީ މިހާތަނަށް 83 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 44 މެޗުން މޮޅުވެފަ އެވެ. 24 މެޗުން ބަލިވެފައިވާއިރު، 15 މެޗުން ވަނީ އެއްވަރުވެފަ އެވެ.

ވިޔަރެއާލް ދޫކޮށް އެސްޓަން ވިލާގެ ކޯޗުކަމާ އެމެރީ ހަވާލުވީއިރު، އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 17 ވަނައިގަ އެވެ. ނަމަވެސް ސީޒަން ނިންމާލިއިރު، އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ. އެންމެ ފަހުން ނިމުނު ސީޒަން އެސްޓަން ވިލާއިން ނިންމާލީ ލީގުގެ ހަތަރު ވަނައިގަ އޮވެގެންނެވެ.