English Edition
Dhivehi Edition

މިވަގުތު ދުނިޔޭގެ ނުވަ ވަނާގައި އޮތް އިޓަލީއަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ވަރުގަދަ ބާރެކެވެ. މީގެ ކުރިން ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ އިޓަލީ އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ވެސްމެއެވެ.

އިޓަލީ އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތަކަށް ކޮލިފައިވީ 1968 ވަނަ އަހަރުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދިއެވެ. އޭގެ ފަހުން ދެ ޔޫރޯގެ މެދުކެނޑުމަކަށް ފަހު 1980 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ޔޫރޯ މުބާރާތުގައި ވާދަކޮށް އެ މުބާރާތުގެ ހަތަރުވަނަ އިޓަލީން ހޯދިއެވެ.

olycom – facchetti –

އޭގެ ފަހުން 1988 ވަނަ އަހަރުގެ މުބާރާތުގައި ވާދަކޮށް ތިންވަނަ ހޯދިއެވެ. އަދި 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި އިޓަލީން ކުޅުނެވެ. އަދި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދިއެވެ. މިއީ ޔޫރޯގައި އެޓީމުގެ ދެވަނަ ކާމިޔާބީއެވެ. މިފަހަރުގެ މުބާރާތަކީ އިޓަކީގެ 10 ވަނަ ޔޫރޯ މުބާރާތެވެ.

ކޮލިފައިވީ ގޮތް

އިޓަލީ ލައްވާލީ ޔޫރޯ ކޮލިފައިންގެ ގުރޫޕް ސީގައެވެ. އެ ގުރޫޕުގައި ދެން ހިމެނުނީ އިންގްލެންޑް، ޔުކްރޭންގެ އިތުރުން ނޯތް ނެސެޑޯނިއާ އަދި މޯލްޓާއެވެ. ކޮލިފައިން ގުރޫޕުގައި އިޓަލީން އަށް މެޗު ކުޅުނުއިރު، މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ. ދެ މެޗުން އެއްވަރުވިއިރު، ދެ މެޗުން ބަލިވިއެވެ. މިފަހަރުގެ ޔޫރޯއަށް އިޓަލީ ކޮލިފައިވީ 14 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އެވެ. ގުރޫޕްގެ އެއް ވަނަ ހޯދީ އިންގްލެންޑުންނެވެ. އެޓީމުން އެއްވަނަ ހޯދީ 20 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

މާކޯ ސްޕަލެއްޓީ މިހާރު ކުޅުވާ ސްޓައިލުން އިޓަލީގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އާސެނަލްގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. ޕޮޒިޝަން ގޭމްގައި އޭނާގެ ދައުރު ޓީމުގައި ބޮޑެވެ.

އިންޓަ މިލާންގެ މިޑްފީލްޑަރު ނިކޮލޯ ބަރޭލާ، ޔުވެންޓަސްގެ ފޯވަޑް ފެޑްރިކް ކިއޭސާ އަދި ނަޕޮލީގެ ފޯވަޑް ޖިއަކޯމޯ ރަސްޕަޑޯރީގެ އިތުރުން އިންޓަ މިލާންގެ ޑިފެންޑަރ މަޓިއޯ ޑާމިއަން އަކީ އިޓަލީ ޓީމުގެ ހެވީވެއިޓް ނަންތަކެވެ.

ކޯޗު


ރޯމާ އާއި ނަޕޮލީ އަދި ރަޝިއާގެ ޒެނެތް އާއި އެކު ކުލަބް ލެވެލްގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މާކޯ ސްޕަލެއްޓީ އާއި އިޓާލީގެ ގައުމީ ޓީމު ހަވާލު ކުރީ އިޓަލީގެ ކޯޗުކަމުގައި އޭރު ހުރި ކާމިޔާބު ކޯޗު ރޮބާޓޯ މަންޗީނީ ސައުދީ އަރަބިއްޔާގެ ގައުމީޓީ މާއި ހަވާލުވުމުންނެވެ. 2023 ގައި ޓީމާ ހަވާލުވެ ސްޕަލެއްޓީ ފެށި މަސައްކަތަކީ އިޓަލީގެ ގައުމީ ޓީމު މިއަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތައް ކޮލިފައިންކޮށްދިނުމުގެ މަސައްކަތެވެ. އެކަން އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯ މުބާރާތުގައި އިޓަލީ ލައްވާލީ ސްޕެއިން އަދި ކްރޮއޭޝިއާއި އެކު ގުރޫޕް ބީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އަލްބޭނިއާއެވެ. އިޓަލީން އެންމެ ފަހުން ކުޅުނު ކޮލިފައިން މެޗިތަކުގައި ދެއްކި ކުޅުމާއި ނެރުނު ނަތީޖާތަކަށް ބަލާއިރު، މި ގުރޫޕުން އެޓީމަށް އޮތް ފުރުސަތު ކުޑަކަމަށް ތަޖުރިބާކާރުން ބުނެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ގުރޫޕްގެ ފޭވަރިޓުންނަކީ ސްޕެއިން އަދި ކްރޮއޭޝިއާއެވެ.