English Edition
Dhivehi Edition

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީ ނަމަވެސް އިހްލާސްތެރިކަމާއި އެކު ތައުބާވެ ހެޔޮ އަމަލުތައް ކުރުމުން އެންމެހައި ފަފަތައް ފުއްސަވައިދެއްވާނެއެވެ.

ކުރެވިފައިވާ ފާފަތަކުގެ ގިނަ ކަމުގެ ސަބަބުން އެއްގޮތަކަށް ވެސް މާޔޫސް ވާކަށް ނުޖެހޭނެއެވެ. އަދި ﷲގެ ރަހުމަތްފުޅާ މެދު އުންމީދު ކަނޑާލައި ހެޔޮ އަމަލުތަކައި ދުރަށްދާންވެސް ނުޖެހޭނެއެވެ.

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީ ނަމަވެސް އިހްލާސްތެރިކަމާއި އެކު ތައުބާވެ ހެޔޮ އަމަލުތައް ކުރުމުން އެންމެހައި ފަފަތައް ފުއްސަވައިދެއްވާނެއެވެ. ހެޔޮ އަމަލުތައް ގިނަ ކުރުމަކީ ނުބައި އަމަލުތައް ފޮހެވިގެން ދާނެ ކަމެކެވެ. މާތްﷲގެ ވަހީ ބަސްފުޅުތަކުންވެސް އެކަލާންގެ އަޅުތަކުންގެ މައްޗަށް ވަރަށް ބޮޑަށް ރަހުމް ކުރައްވާފައިވެއެވެ. ކޮންމެ ފަދަ ބޮޑު ފާފައެއް ކުރެވިފައިވާ މީހަކަށްވެސް ތައުބާވެ ހެޔޮ އަމަލުތައްކޮށް ﷲގެ މަގަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެބައޮތެވެ. އަދި އަޅުތަކުންގެ މައްޗަށް ﷲގެ ރަހުމަތްފުޅު ވަރަށް ބޮޑަށް ތަނަވަސްވެގެންވެއެވެ.

ނޭނގުމެއްގެ ތެރެއިން ފާފައަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން ﷲގެ ރަހުމުފުޅުން އޭނާގެ ތައުބާ ގަބޫލު ކުރައްވައި ފާފަ ފުއްސަވައި އޭނާއަށް ރަހުމަތް ލައްވާނެކަން އަންގަވާފައިވެއެވެ.

ﷲގެ މަގުގައި ކުރިޔަށްދާން ބޭނުންވެގެން އެކަލާންގެ ހަޟްރަތަށް ކުއްތަންވުމަށް އެދޭމީހާއަށް ރަހުމަތް ލެއްވުމަށް ﷲ ސުބްހާނަހޫ ވަތައާލާ އަވަސްވެވޮޑިގަންނަވާގޮތް ސިފަ ކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅަށް ނަޒަރު ހިންގާލުމުން އެކަލާންގެ އަޅުތަކުންގެ މައްޗަށް ލޯބިވެވަޑައިގަންނަވާ މިންވަރަށް އެނގިގެންދާނެއެވެ.

ރަހުމަތް ކުރުމަކީ މާތްﷲގެ ސިފަފުޅުތަކުގެ ތެރެއިން މަތިވެރި ސިފަފުޅަކަށް ވީފަދައިން ރަހުމަތް ކުރުމަކީ ރަސޫލާގެ ނަބަވީ އޯގާތެރިކަމާއި ދީލަތިކަމުގެ ތެރެއިންވާކަމެކެވެ. އަދި އެއީ އިންސާނީ ހަމްދަރުތަކުގެ ތެރޭގައި ހިމެނޭކަމެއްވެސް މެއެވެ.

އޭގެ ސަބަބުން ހެޔޮ އަމަލު ކުރުމަށް އިންސާނާއަށް މަގުފަހިވެގެންދާއިރު ހެޔޮ އަމަލުތައް ކުރުމުގެ ބާރަކަށް އެކަންވެ މުއުމިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ހެޔޮކޮށް ހިތައި ރަނގަޅަށް ކަންތައް ކުރެވޭނެކަމުގެ އިހުސާސް ކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ހިތްތަކުގައި ބިންވަޅުނެގި އަޅުތަކުންނަށް ރަހުމަތް ކުރާ މީހުންނަށް ﷲގެ ތަނަވަސް ރަހުމަތްފުޅު ދުނިޔެއާއި އާހިރަތުގައި ލިބޭނެއެވެ.

 

މަޢުލޫމާތް: ހުކުރު ޚުތުބާ