English Edition
Dhivehi Edition
ދަރުބާރުގެ ކައިރީ ހިނގި އެކްސިޑެންޓް

ދަރުބާރުގެ ޓްރެފިކް ލައިޓް ކައިރީ ހިނގި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ ދަރުބާރުގެ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓް ލިބިފައިވަނީ މިއަދު 6:45 ގައިކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަކަމަށެވެ،

އިތުރަށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.

ޓެގު