English Edition
Dhivehi Edition
ތުލުސްދޫއަށް ބޭލި ކުއްތާއެއް ފޮޓޯ: ސޯޝަލް މީޑިއާ

ފަތުރުވެރިއަކު ގެންގުޅު ކުއްތާއެއް ތުލުސްދޫއަށް ބޭލި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުހުސްދޫއަށް ބޭލި ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެއީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކޮށްފައިވާ ކުއްތާއެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ޓެގު