English Edition
Dhivehi Edition
ބައްސާމް

ކޯޓު އަމުރެއްގެ ދަށުން، ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެއެވެ.

ޓެކްނިކަލް އަދި އިދާރީ ބައެއް މަސައްކަތްތައް ކުރާ އެ ތަނަށް މިއަދު ހެނދުނު ފުލުހުން ވަދެފައިވާއިރު، ޕްރޮސެކިއުޓަރު ޖެނެރަލްގެ އަމުރަށް މިދިޔަ އަހަރުވެސް ފުލުހުން ވަނީ އެފްއޭއެމްގެ މައި އޮފީހަށް ވަދެ ބައެއް ތަކެތި ގެންގޮސްފައެވެ.

ބޭރުގެ ބައެއް ޖަމާއަތްތަކުން ފޮނުވާ ފައިސާ އަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ތުހުމަތްތަކާ ގުޅިގެން މި މައްސަލައިގެ ތަހްގީގު ނިމެންދެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އަމުރެއް ނެރެފައެވެ. އަދި ދައުލަތުން އެދިގެން، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.