English Edition
Dhivehi Edition
އެފްއޭއެމްގެ ރައީސް، ބައްސާމް ޢަދީލް ޖަލީލް - ފޮޓޯ: ޔޫޓިއުބް (އަވަސް ވީޑިއޯސް)

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ކްލަބްތަކުގެ ސޮއި ހަމަކޮށްފިއެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވަނީ އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކްލަބްތަކަށް ވުރެ ގިނަ ކްލަބްތަކުން ސޮއިކޮށްފައިވާކަމަށެވެ. އަދި ސޮއިކުރި، ސީދާ އަދަދު މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ކަށަވަރު ވާނެކަމަށް އޮފިޝަލު ވަނީ ބުނެފައެވެ. މި މައްސަލަ މާދަމާ ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ އިރު އޮފިޝަލު ވިދާޅުވީ އެންމެ ލަސް ވެގެން ވެސް ހޯމަ ދުވަހު ހުށަހަޅާނެކަމަށެވެ.

އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކްލަބްތަކުން، އެ އެސޯސިއޭޝަންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއިކޮށްފިނަމަ އެ މައްސަލަ ހުށަހެޅޭނެއެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުމުން، އެކަމަށް ހާއްސަ ކޮންގްރެސްއެއް ބާއްވައި އެ މައްސަލަ އެޖެންޑާކޮށް ވޯޓަށް އަހަން ޖެހޭނެއެވެ.

މީގެ ކުރިންވެސް ބައްސާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ކްލަބްތަކުން މަސައްކަތްކޮށްފައިވާއިރު އޭރު އެ މައްސަލަ ކުރިއަށް ނުދިޔައީ، ސޮއި ކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުންނެވެ.