English Edition
Dhivehi Edition
މިނިސްޓު އާދަމް ނަސީރު

‘ށ’ އިން ފެށޭ ލަފުޒު އުފައްދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރުު ދޮގުކުރައްވައިފިއެވެ.

ށ. ފެށޭ 5 ބަހެއް މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށާއި، ށ އިން ފެށޭ ބަހެއް ދިވެހި ބަހުގައި ނެތުމަކީ ދިވެހި ބަހަށް އޮތް ނިކަމެތި ކަމެއްކަމަށް މިނިސްޓަރު ނަސީރު ވިދާޅުވިކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިގޮތުން ޔުމްނާ މައުމޫނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ށ“ އިން ފެށޭ ބަހެއް ނެތުމަކީ ދިވެހި ބަހުގެ ހާއްސަ ސިފައެއް ކަމަށާއި ށ އިން ބަސް ހަދަން ނުޖެހޭކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގާ ނޫހަކުން ގެނެސްދިން ހަބަރާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ށ އިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށާއި ށ ގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑެއް ކަމަށެވެ. “އެއީ ގުދުރަތީ ކަމެއް. ވީމާ (ށ) އިން ލަފުޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އަދި ތަރުހީބު ދެވޭ ކަމެއް ނޫން” މިނިސްޓަރު ވިދާޅުވިއެވެ.