English Edition
Dhivehi Edition
ފޮޓޯ: އެކްސް

މި ސަރުކާރުގެ ނާއިބު ރައީސް ހުސެން މުހައްމަދު ލަތީފަށް ޤާނޫނު އަަސާސީގައިވާ ފަދައިން މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ދެއްވަންޖެހޭކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް ހުސެން މުހައްމަދު ލަތީފާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ޓެގް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ނާއިބު ރައީސް ހުސެން މުހައްމަދު ލަތީފަށް ޤާނޫނު އަަސާސީގައިވާ ފަދައިން މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ރައީސް މުއިއްޒު ސަރުކާރުން ދެއްވަންޖެހޭކަމަށާއި ވަށަފަރު ވޮޗަރެއް ހިލާލީގޭގައި ބަހައްޓަވާ ތިޔަކުރައްވާ ފުރައްސާރަ ބަލައި ނުގަނެވޭނެކަމަށެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ މުޝީރު، އަބުދުއްރަހީމް އަބްދުﷲ މަޖިލިސް ރައީސްއަކަށް ލުމުގެ ފަހަތުގަވާ ސަބަބު ވަރަށް ސާފުކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައިއެވެ.

“ނާއިބު ރައީސް ހުސެން މުހައްމަދު ލަތީފަށް ޤާނޫނު އަަސާސީގައިވާ ފަދައިން މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުަސަތު މުއިއްޒު ސަރުކާރުން ދެއްވަންޖެހޭ. ވަށަފަރު ވޮޗަރެއް ހިލާލީގޭގައި ބަހައްޓަވާ ތިޔަކުރައްވާ ފުރައްސާރަ ބަލައި ނުގަނެވޭ.އަދުރޭ މަޖިލިސް ރައީސްއަކަށް ލުމުގެ ފަހަތުގަވާ… ސާފު.” މަލީހު ކުރެއްވި ޕޯސްޓުގައި ވެއެވެ.

މަލީހު އަންނަނީ ރައީސް މުއިއްޒުގެ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރައްވަމުންނެވެ.