English Edition
Dhivehi Edition
ފޮޓޯ: ބަފަރު

ތިބާ ލިޔެ އަދި ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ނުވަތަ ބަހަކީ ގިޔާމަތް ދުވަހު އެއާމެދު ސުވާލުވެވޭނެ ޖުމްލައެއް ކަމީ ޝައްކެއް އެކަމުގައި އޮތްކަމެއް ނޫނެވެ.

އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ހަގީގަތާ ދުރު ކަންކަމުގައި މަޝްޣޫލުވެ އުޅުމަކީ ކަންބޮޑުވެ، އެކަމާއި މެދު އިންތިހާއަށް ހިތާމަހުރި ކަމެކެވެ. އަދި ހަގީގަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫނެވެ. ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ގިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއްކަން ދަންނަން ޖެހެއެވެ.

އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ސޯޝަލް މީޑިއާގައިވެސް އަދި އެހެން ގޮތަކުން ނަމަވެސް ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ. މާތް ﷲ ވަޙީކުރައްވާފައިވައިވާ އާޔަތެއްގައި މާނާގައިވެއެވެ. އަދި އެބައިމީހުންނީ ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ.“

ކޮންމެ މީހަކީ ވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ހަވާލުވެފައިވާ މީހެއްކަމަށް ވާއިރު، އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫނެވެ.

އަމާނާތުގެ ވައްތަރުތައް ވަރަށް ވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ހަވާލުކުރައްވާފައިވާ އެ ކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ހައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީ ވެސް އަމާނާތެކެވެ.

 

މައުލޫމާތް: ހުކުރު ޚުތުބާ