English Edition
Dhivehi Edition
ވަޖުދީ ވެސް ސަސްޕެންޑް ކޮށްފި

ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ވެސް މަގާމުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފި އެވެ.

އޭނާ އަކީ ދިވެހި ލެންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރެކެވެ.

އޭނާ ސަސްޕެންޑް ކުރީ ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ކަމަށް ވެސް އެނގިފައިވެ އެވެ. އޭނާއަށް ވެސް މިއަދު ވަނީ އެކަން އަންގާފަ އެވެ.

ވަޖުދީ އަކީ ކުރީގެ ނޫސްވެރިއެކެވެ. އަދި އޭނާ އަކީ ވަރަށް މަޝްހޫރު ފުޓްބޯޅަ ރެފްރީ އެކެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ވަޖުދީ ސަސްޕެންޑް ކުރިއިރު ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ވެސް ވަނީ މިއަދު ސަސްޕެންޑް ކޮށްފަ އެވެ.