English Edition
Dhivehi Edition
އަހްމަދު ޒުހޫރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމުން އަހްމަދު ޒުހޫރު މިއަދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ އެކްސް ޕޯސްޓެއްގައި ބުނީ، ޒުހޫރު އެޗްޑީސީގެ ޗެއާމަންކަމުންނާއި ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކުރި ކަމަށެވެ.

ޒުހޫރު އެ މަގާމަށް ޕީސީބީން އައްޔަންކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރުކަމާއި، ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ވެސް ކުޑަ މުއްދަތަކަށް ފުރުއްވިއެވެ.

ޒުހޫރުގެ އިތުރުން، މިއަދު އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ފާތިމަތު ތައުފީގު ވެސް މަގާމުން ވަނީ ވަކިކޮށްފިއެވެ.