English Edition
Dhivehi Edition
މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ)

ގެއްލިގެން މިއަދު ހޯދަން އިއުލާނުކުރި މީހަކު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައިވާ ގޮތަށް ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާއިލާއަށް ހަބަރު ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ އެ މީހާ ހޯދުމަށް ފުލުހުން މަސައްކަތް ފަށާފައިވަނީ މިއަދެވެ. އެ ގޮތުން މާފަންނު ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރު 2:20 ހާއިރު ލިބުމުން، ފުލުހުން ވަނީ އެތަނަށް ގޮސް ސައިންޓިފިކް ތަހުލީލުތަކެއް ހަދާފަ އެވެ.

އެ ތަހުލީލުތަކުން، މ. ރަބީއުވިލާގައި މަރުވެފައި އޮއްވައި ފެނުނު މީހަކީ، ގެއްލުނު ކަމަށް ރިޕޯޓުކުރި މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަން ޔަގީންކުރެވިފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.

ޓެގު