English Edition
Dhivehi Edition

މި ސަރުކާރުން ލޯނު ނަގަނީ ރައީސް ޔާމީން ރީތި ގަނޑުވަރެއްގައި ދިރިއުޅުއްވަން ނޫން ކަމަށާއި ރައްޔިތުންގެ ހާލަތު ރަނގަޅުކޮށް ގައުމު ތަރައްޤީ ކޮށް ޒުވާނުންގެ އުންމީދުތައް ހާސިލް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ

އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޅ.ހިންނަވަރަށް ވަޑައިގެން އެ ރަށުގެ ބޯފެނުގެ ނިޒާމް އިފްތިތާހް ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލޯނު ނަގަނީ ލައްޒަތާއި އަރާމުގައި އެ މަނިކުފާނުންގެ ވަޒީރުން އުޅުއްވާކަށް ނޫންކަމަށާއި އެމަނިކުފާނުގެ ވަޒީރުން ގެންގުޅުއްވަނީ އެތައް އަހަރެއްވެފައިވާ ބާ ކާރުކޮޅުތަކެއްކަމުގައެވެ

މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައިދޭން ބޭނުންވާ ނަމަ ލޯނު ނަގަން ޖެހޭ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުން އަންނަ އަހަރު ހިދުމަތް ދޭ އިރު، އެއީ ލޯނު ނަގައިގެން ހެދި ތަނެއްތޯ އެ ތަނަށް ދައްކާ ބަލި މީހުން ސުވާލު ނުކުރާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ލޯނު ނަގައިގެންވެސް، ފަރުވާދޭ ބަލި މީހާ އަށް ބޭނުންވާނެ ސިއްހީ ވަސީލަތްތައް ގާއިމްވެފައި ހުރުމުން ނިމުނީ ކަމަށް ރައީސް ވިދާޅުވި އެވެ.އަދި ލޯނު ނެގުމުގެ ފައިދާއަކީ، ރައްޔިތުން ބޭނުންވާފަދަ ސިއްހީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވިގެން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ