English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ޖަމިއްޔާތައް ގުޅިގެން ޓްރެކް ސަރަހައްދު ސާފުކުރުން

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެހީއަށް އެދި ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނިކަމަށެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ކަމަށް މިނިސްޓްރީން ވަނި ބުނެފައެވެެ.

އިތުރަށް މިނިސްޓްރީން ބުނީ އެހީގެ ގޮތުގައި ދެވޭނީ ގިނަވެގެން 300،000.00 ރުފިޔާކަމަށެވެ. ޔޫތު މިނިސްޓްރީން ވަނީ 4 ޖުލައި 2024 ވަނަދުވަހުގެ 13:00ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެެ. މީގެ އިތުރުން މި އެހީއަށް އެދި ހުށަހަޅާ ފޯމާއެކު ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.