English Edition
Dhivehi Edition

އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ހަމަޖައްސަވައިފިއެވެ.

ރައީސީ އަވަހާރަވީ، އެ މަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިންވަރު ނުސާފުވުމުން އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާނަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މި ހެލިކޮޕްޓަރުގައި ދަތުރުކުރެއްވީ ރައީސް އާއި ހާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުއްލޯހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ އެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތައުޒިޔާ މެސެޖުގައި ވިދާޅުވީ އީރާނުގެ ރައީސް ރައީސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު އަބްދުﷲ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި، އެ ހާދިސާގައި އަވަހާރަވި ބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށެވެ.