English Edition
Dhivehi Edition
09 އޮގަސްޓް 2020: ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްގެެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަވަން ފެނިފައި ވަނީ މިއަދުގެ 09:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށެވެ. ފެނުނުއިރު، އޭނާގެ ހާލު ރަނގަޅެވެ. އަދި، އޭނާ މަސައްކަތްކުރާ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ދަނީ ކުރަމުންނެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަވަން ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދިޔައީ ކުރަމުންނެވެ.