ވާރކްވިސާގެ ޚިދުމަތަށް އޭންޓް ކިޔޫ މެދުވެރިކޮށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް މިގޮތަށް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވައިލި ފުރުސަތެކެވެ.
އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް “އޭންޓް ކިޔޫ” އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވަނީ ނިންމަވާފައި ކަމަށެވެ.
ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށްޓަކައި “އޭންޓް ކިޔޫ” އެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނެގޭނީ، ހެނދުނު 9:00 އިން 10:30 އާއި ދެމެދުގައެވެ. މި ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ.
ހައެއް ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނެގޭނީ މެންދުރު 11:30 އިން 12:30 އާއި ދެމެދުގައެވެ. މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 އިން 03:00 އަށެވެ. އަދި ނަންބަރު ނެގުމަށްޓަކައި ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީ.ޕީ.އެޗް ނަންބަރ އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު، ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ނަންބަރު ނެގޭނެއެވެ. އަދި އެއް ޕީ.ޕީ.އެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށް ވުރެ ގިނައިން ވެސް މި ބައިގައި ޖެހިދާނެއެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް އަވަސް، ލުއިފަސޭހަ ޚިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.