English Edition
Dhivehi Edition
އިމިގްރޭޝަނުން ހޯދަމުންދާ ތިން މީހުން ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން އިންޑިއާގެ ތިން މީހަކު ހޯދަން އިއުލާންކޮށް އެމީހުންގެ ފޮޓޯ އާއި ވަނަވަރު ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ހޯދަމުންދާ ތިން މީހުންނަކީ، ގުރުޖަންތް ސިންގް (24އ) އާއި ރޯހިތް ކުމާރު (33އ) ގެ އިތުރުން ޝަމްޝޭން އަލަމް (35އ) އެވެ.

އިމިގްރޭޝަނުން ވަނީ މި ތިން މީހުން ވެސް ސަރުކާރުން ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8 އާއި 4 އާ ދެމެދު މަޖީދީމަގުގައި ހުންނަ އިމިގްރޭޝަންގެ ރިސްކު މެނޭޖްމެންޓު (ގ. ސްޓާ ކްލައުޑް/ 10 ވަނަ ފްލޯ) އަށް ހާޒިރުވުމަށް އަންގާފައެވެ. އިމިގްރޭޝަނުން މި ތިން މީހުން ހޯދަން އިއުލާންކޮށްފައިވާއިރު އެމީހުން ހޯދަމުންދަނީ ކޮން މައްސަލައަކާ ގުޅިގެން ކަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް އެކި ބޭނުންތަކުގައި ގެންނަ ބިދޭސީން ފިލުމުގެ މައްސަލަ އިތުރުވަމުން އަންނައިރު، ހޯމް މިނިސްޓްރީން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަން “ކުރަނގި” ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.