English Edition
Dhivehi Edition
އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓް، ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ރަސްމީ މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތު:-

ކުޅިވަރު ދާއިރާއިން ހާއްސަ ހުނަރެއް ނުވަތަ ކާމިޔާބީއެއް ހޯދުމަށް 10 އަހަރު ދުވަހު 10،000 ގަޑިއިރު ބުރަ މަސައްކަތްކުރަން ޖެހޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓް، ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ރަސްމީ މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ދީމާ ހޯދި ކާމިޔާބަކީ އެއް ރެޔަކުން ހާސިލުވެގެންދިޔަ ކާމިޔާބީއެއް ނޫންކަމަށާއި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ގޮތް އޮންނަނީ ވަކި އުސޫލެއް ކަމުގައެވެ.

“ކުޅިވަރުގައި އޮންނާނެ އުސޫލެއް. ލެޖެންޑަކަށްވަނީ 10 އަހަރު ދުވަހު، ދިހަ ހާސް ގަޑިއިރު އެ ކުރާ ކަމެއްގައި ޝާމިލުވެގެން ދިޔައިމަ،” ވަޒީރު ރާފިއު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދީމާވެސް އެ ކުރި މަސައްކަތުގައި 10 އަހަރު ދުވަހު ހޭދަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ދީމާ ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ކުޅިވަރު ތާރީޙުގައި މިހާތަނަށް ލިބިފައިނުވާ ޝަރަފެއް ކަމުގައި ވަޒީރު ފާހަގަކުރައްވާފައި ވަނީ، ކުޅިވަރުގެ ދާއިރާއިން އަމާޒުތައް ހާސިލުކުރުމަށް އެ ދާއިރާއެއްގައި ހޭދަކުރަންޖެހޭ ވަގުތާއި ބުރަ މަސައްކަތުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަދި ދީމާގެ އިތުރުން އޭނާ ތަމްސީލުކުރާ ޓީމަކީވެސް މަސައްކަތުގައި އެފަދަ ހަމަތަކެއް ގެންގުޅެ، ބުރަ މަސައްކަތެއް ކުރާ ބައެއްކަން ފާހަގަކުރެއްވިއެވެ.