English Edition
Dhivehi Edition
ހުޅުމާލެމަގެއްގައި ކާރުތަކެއް ޕާކުކޮށްފައި

ހުޅުމާލޭ ފެސް 1 ގައި ސަހަރާ ކުރިމަތީ މަގުގައި ޕާކު ކޮށްފައި އޮތް ވެހިކަލަކުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ފެސް 1 ގައި ސަހަރާ ކުރިމަތީ މަގުގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ޚަބަރު ހުސްވެފައި އޮއްވާ ފެނިގެން އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަރުވެފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި މި ކަން ތަޙުގީގުކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.