English Edition
Dhivehi Edition
ހުޅުމާލެ

ހުޅުމާލޭގައި ސައިކަލަކުން ވެއްޓި ޒަހަމްވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެށްޓިފައިވާ ކަމުގެ މައުލޫމާތު އެރޭ 3:26 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާއަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 6 ވަނަ ދުވަހު ނިޔާވެފައިވާ ކަމަށާއި މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު މީގެ ކުރިން ފުލުހުން ހިއްސާކޮށްފައިވީ ނަމަވެސް އެ އެކްސިޑެންޓުގައި މީހަކު ނިޔާވިކަމުގެ މައުލޫމާތު މީގެ ކުރިން ފުލުހުން ހާމަކޮށްފައި ނުވާތީ މިކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.