English Edition
Dhivehi Edition
- ފޮޓޯ: ޕޮލިސް

މާލޭގެ ގަލޮޅު ލޮނުޒިޔާރަތް މަގުގައި ހުންނަ ގެއަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި، މީހާ ހައްޔަރުކުރީ ވައްކަމުގެ އިތުރުން، ހުއްދަނެތި ގޯތިގެދޮރަށް ވަދެ މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހާއަކީ މީގެކުރިން ވެސް މިފަދަ ކުށްތަކުގައި ހައްޔަރާއި ބަންދުކުރުމުގެ ލޮގު އޮތް ފަރާތެއް ކަމަށާއި، މީހާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ އެއްގޮތަށް މީހާ ބަންދުކުރި ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

މައްސަލައިގައި ތުހުމަތުކުރާ ކުށް އެމީހާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ، އެއީ ކަން ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާނާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހިމެނޭ ގޮތުން ފުލުހުން ހުށަހަޅާފައިވާކަން ވެސް އެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޓެގު