English Edition
Dhivehi Edition

އައްޑީސިޓީ ގުޅިފައިވާ ރަށްރަށުގެ އެކި ހިސާބުތަކުން މިއަދުން ފެށިގެން ކަރަންޓު ކެނޑޭނެ ކަމަށް ފެނަކަކޯޕަރޭޝަނުން ބުނެފިއެވެ.

އެކުންފުނިން ބުނެފައިވަނީ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭނީ އެ ރަށްރަށަށް ކަރަންޓުދިނުމަށް ބޭނުންކުރަމުން އަންނަ އިޖީނުތަކުގެ ތެރެއިން ދެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެކުންފުނިން މިހާރު ގެންދަނީ އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ. މިއަދުން ފެށިގެން އެ މައްސަލަ ހައްލުވަންދެން ކޮންމެ ދުވަހަކު އެއްގަޑިއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ފެނަކައިން ބުނެފައިވަނީ މި މައްސަލަ ހައްލުވާން 5 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެމުއްދަތުގައި ވީހާވެސް މަދުން ކަރަންޓު ބޭނުން ކުރުމަށްވެސް އެކުންފުނިންވަނީ އެދިފައެވެ.

ގުޅިފައިވާ ބައެއް ރަށްރަށުގެ ބައެއް ހިސާބުތަކުން ރެއާއި މިއަދުވެސް ވަނީ ކަރަންޓު ކެނޑިފައެވެ.