English Edition
Dhivehi Edition
އައްޑޫއަށް ގެންނަ ޖެނެރޭޓަރު ލޯޑްކުރުމުގެ ތެރެއިން ފޮޓޯ: ފެނަކަ

އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ އަށް ވަގުތީ ހައްލެ ގެނައުމަށް ޖެނެރޭޓަރެއް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.

އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް ފޮނުވުމަށް ހަމަޖެހިފައިވާ 1 މެގަވޯޓުގެ ޖެނެރޭޓަރު ފޮނުމަށް މިހާރުވަނީ ލޯޑްކޮށްފައެވެ. ފެނަކައިން ބުނީ އެ ސިޓިއަށް ގެންދާ މި ޖެނެރޭޓަރާއެކު އެ ސިޓީގެ ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް ލިބިގެން ދާނެކަމަށެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާއިރު، މި ރަމަޟާންމަހުގެ ފުރަތަމ 10 ދުވަހުވެސް އައްޑޫ ސިޓީ އިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު ފެނަކަ ކުންފުނިން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖެނެރޭޓަރު ސެޓުތައް މެއިންޓެއިން ކުރުމުގައި ކުރީ ސަރުކާރުން އިހުމާލުވެފައިވާތީ، އޭގެތެރެއިން ގިނަ ޖެންސެޓުތައް ހަލާކުވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ދެ އަހަރު އެކަނި ވެސް ފެނަކަށް އަށް މުޅިން އަލަށް 90 އިންޖީނު ގެނެސްފައިވާކަން ފާހަގަކޮށް މުއާޒު ވިދާޅުވީ ޖެނެރޭޓަރު ތަކުގެ މެއިންޓެނަންސް އަށް އަހަރަކު 100 މިލިއަން ޚަރަދުކުރާ ކަމަށް ފޮތުގައި ޖަހާފައި އޮތަސް، ރޭޑިއޭޓަރަށް އަޅާ ލިކުއިޑް އަދި ސްޕެއާ ފަދަ އަސާސީ އެއްޗެހި ވެސް ގަނެފައި ނުވާކަމަށެވެ.